އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ފަށާފައިޗާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖއެވެ.

އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން ހާމަކުރެއްވީ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ.

އެކަމާ ގުޅިގެން ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވާފައެވެ.

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ވަގުތު އޮއްވައި ވިސާ އަށް އެދި ހުށަހެޅުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

"ވުމާއެކު، މި ދަނޑިވަޅުގައި ރާއްޖޭން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން."

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދީ، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދެއެވެ.