ހުޅުމާލެ ހިޔާ ސަރަހައްދުގައި ފުލުހުންގެ ސްޓޭޝަނެއް ރޭ ހުޅުވައިފިއެވެ.

ހިޔާގެ އެޗް4 ޓަވަރުގައި ހުޅުވި އެ ސްޓޭޝަން ހުޅުވައިދެއްވާފައި ވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ.

ފުލުހުން ބުނީ، ހިޔާ ސަރަހައްދުގައި ހުޅުވިގެން ދިޔަ ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތްތައް އާންމުންނަށް ފަސޭހަކަމާއެކު ދިނުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެހެންކަމުން މިއީ ގްރޭޓާ މާލޭ ސަރަހައްދުގައި ހުޅުވިގެން ދިޔަ ފުލުހުންގެ ހަތްވަނަ ސްޓޭޝަނެވެ.

ދެވަނަ ފިޔަވަހީގައި ހުޅުވި ފުލުހުންގެ ސްޓޭޝަންގެ އިތުރުން، ފުރަތަމަ ފިޔަވަހީގައި ސްޓޭޝަނެއް، ފުލުހުންގެ ރަސްމީ ހެޑްކުއާޓާސް ހިމެނޭހެން މާލޭގައި ތިން ސްޓޭޝަނެއް، އަދި ވިލިމާލެ، ގުޅީފަޅު، ތިލަފުށި، މިއިން ކޮންމެ ތަނެއްގައި ވެސް ފުލުހުންގެ ސްޓޭޝަނެއް ހުރެއެވެ.