ފ. ދަރަނބޫދޫގެ މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުން ކުރި އިމާރާތެއްގައި އިންޑިއާގެ މަސައްކަތްތެރިން ތަކެއް ތިބޭ މައްސަލަ ހޫނުވެ ގިނަ ބަޔަކު ފާޑު ކިޔުން އަމާޒުވެފައިވާ އިރު، އެ ރަށުގައި ނަމާދު ކުރަން ބޭނުން ކުރަނީ މުޅިން އެހެން 2 މިސްކިތެކެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށުގެ ކައުންސިލުން ބުނީ، އެ ރަށުގައި މީހުން ނަމާދު ކުރުމަށް ރީތި ދެ މިސްކިތް ހުންނަ ކަމަށެވެ. އެއީ ކިފާހް މިސްކިތާއި ތަގްވާ މިސްކިތެވެ. މީގެ ތެރެއިން ކިފާހް މިސްކިތަކީ 175 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އަނެއް މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެ ކައުންސިލުން ބުނެއެވެ. މިހާރު ކުޑަ މިސްކިތުގެ ޖާގަ ބޮޑު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
މީގެ ތެރެއިން ތަގްވާ މިސްކިތަކީ އެކީ އެއާކޯން ކޮށްފައިވާ މިސްކިތެކެވެ. އަދި އެ މިސްކިތަކީ އަވިން ދޭ ހަކަތަ ނަގައިގެން ސޯލާ ޕީވީގެ ޒަރީއާއިން ކަރަންޓު އުފައްދައިގެން ހަކަތަ ބޭނުން ކުރާ މިސްކިތެއްވެސް މެއެވެ.
ފ. ދަރަނބޫދޫ އަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ފ. ނިލަންދޫ އާ އެންމެ ކައިރީގައި އޮންނަ އަދި އެ އަތޮޅުގެ އާބާދީ އެންމެ ކުޑަ ރަށެވެ. އެރަށަކީ ފަސްގަނޑު އުސް ހުޅަނގު މޫސުމުގައި ފަޅު ގަދަ ރަށެކެވެ. އަބަދުވެސް އާބާދީ މަދު އެރަށުގައި 1985 ވަނަ އަހަރާ ހަމައަށް އައި އިރު ތިބީ 178 މީހުންނެވެ. އެއީ 91 އަންހެނުންނާއި 87 ފިރިހެނުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް އައިއިރު ރަށުގެ ރަޖިސްޓްރީ ވެފައިވާ އާބާދީއަކީ 599 އެވެ. މީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 450 މީހުންނެވެ.
ތިހެން ބުނެ ރެކެވޭވަރަށް ވުރެ ބޮޑު މައްސަލައެއް މީި