ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަޔަކު މަސައްކަތް ކުރަމުންދާ ސައިޓެއްގައި ހިންދޫ ކަލާނގެއެއްގެ ނަން ޖަހާފައިވާ ބޯޑެއް ހަރުކޮށްފައި ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުުހުންހުން މި މައްސަލަ ބަލަން ފަށަފައި މި ވަނީ، އިންޑިއާއިން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވެ އިންޑިއާއަށް ގިނަބަޔކު ފާޑުކިޔަމުންދާ މި ދަނޑިވަޅުގައި ހުޅުމާލެ ސައިޓެއްގައި ޖަހާފަިއވާ ނަންބޯޑެއްގެ ފޮޓޯ ސޯޝަލްމީޑިއާގައި އާންމުކޮށް މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އިތިރުވެ ކަންބޮޑުވުންތައް ހިއްސާ ކުރަން ފެށުމުންނެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ ސައިޓެއްގައި ހިންދޫ ކަލާނގެއެއްގެ ނަން ޖަހާފައިވާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެ ސައިޓުގައި ޖަހާފައިވާ ނަންބޯޑުގެ އެންމެ މަތީގައި "ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް" ޖަހާފައި ވެއެވެ. އަދި ތިރީގައި "ވިޝްވާކަރްމާ އާވާޒް" ޖަހާފައިވާ އިރު، އެ ނަމުގެ ދެ ފަރާތުގައި ހިންދޫން އަޅުކަން ކުރާ ބުދެއްގެ ކުރެހުން ކުރާހަފައި ވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ޝުއޫރު ފާޅު ކުރަމުން އަންނަ އިރު މިއީ ސިރުކު ފެތުރުން ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އަދި މި ފަދަ ކަންކަން ހުއްޓުވުމަށް ވެސް ގޮވާލާފައި ވެއެވެ. މިހެން ގޮވާލާފައި ވަނީ މޯލްޑިވްސް ޕޮލިސް ސވިސް އަދި އިސްލާމިކް މިނިސްޓްރީ ޓެގް ކޮށްފައެވެ.

އިންޑިއާގައި އެމީހުން ގަބޫލު ކުޜާ ކަލާނގެ ތަކުން މީސްމީހުންނާއި ތަކެއްޗާއި ތަންތަނަށް ނަން ކިޔުމަކީ އާންމު ކަމެކެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ "ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް" ގެ ނަންބޯޑުގައި އެމީހުންގެ ކަލާނގެއެއްގެ ނަން ޖެހުމުގެ ބޭނުމެއް އަދި ސާފެއް ނުވެއެވެ.

އެ ބޯޑު މިއަދު ބަޔަކު ވަނީ ހަލާކު ކޮށްލާފައެވެ.