ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނާއި ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ވާހަކަދެއްކި ދެއްކުން ކުށްވެރިކޮށް އެ މައްސަލައިގައި ބީޖޭޕީން އެ މީހުންނާ މެދު އެޅި ފިޔަވަޅަށަ އެމްޑީޕީން ތަރުހީބު ދީފިއެވެ.
އެމްޑީޕީން މިއަދު ހަވީރު ނެރުނު ނޫސްބަޔާނުގައި ބުނީ، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސްތަރުޖަމާނު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައިގައި އިންތިހާއަށް ނުރުހުން ފާޅުކޮށް، އެ އަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އެ އަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް ދެކޭ ކަމަށާއި ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހްތިރާމްކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިއަމަލު ހިންގި ފަރާތާ ގުޅޭ ގޮތުން މިހާރު ފިޔަވަޅު އަޅާފައިވާކަމީ ތަރުހީބުދޭ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން މިހެން ބުނެފައި ވާއިރު، މި މައްސަލއާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ކުށެވެރިކޮށް، ބީޖޭޕީން މި މައްސަލައިގައި އެޅި ފިޔަވަޅު ބަަލައިގަނެ އެކަމަށް ތަރުހީބު ދީފައެވެ.
ރާއްޖޭގެ ސިޔާސީ ޕާތީތަކުގެ ތެރެއިން ޕީޕީއެމްއާއި އަދާލާތާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރެއިން އެމްއެންޕީން ވަނީ މި މައްސަލައިގައި ހުރިހާ މުސްލިމުންގެ ކިބައިން ބީޖޭޕީން މއާފަށް އެދުމަށް ގޮވާލާފައެވެ.
މި މަހުގެ 5 ވަނަ ދުވަހު އިންޑިއާގެ ޓީވީ ޗެނަލެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާއެވެ. ނިއުދިއްލީގައި ހުންނަ ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ފުރައްސާރަ ކުރީ ޓްވިޓާގައެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކި ކޮށްފައެވެ.
ކޮންތާކު އެމްޑީޕީއަކީ ތިކަމާދެކޮޅަށް ބަހެއް ބުނާނެ ބައިގަނޑެއް ނޫން، މިހާރު މޯދީއަށް ގުޅާފަ ބުނެފަ އޮންނާނެ އެއީ އޮޅުމަކުން ބުނެވުނު ބަހެއް ކަމަށް ރައިއްޔަތުން ވާވައްދާލަން ކޮށްލި ކަމެއްކަމަށް، މޯދީ ހުންނާނެ ބޮލުމެދުން އަލިފާން ކެނޑި ކެނޑި، އެންމެފަހުން 2023 ގެ ވެރިކަން ވެސް ކުރީފަހަރު ގޮތަށް ކޮރަފުސަނުގެ ފައިސާ ދީގެން ގަނެ ނުދޭނެ. ދެން ކޮންމެވެސް ޑުރާމާއެއް ޖައްސާ އަނެއްކާ .
ކޮބާބާ ޑެންމާކުގަ އިސްލާމްދީނަށް ފުރައްސާރަ ކުރި އެމްޑީޕީ މީހާ