ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝްއިން މަރުވި މީހުންގެ އަދަދު 57 އަށް އަރައިފިއެވެ.

މީގެ އިތުރުން އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފާއިތުވީ 20 އަކަށް އަހަރު ދުވަހުވެސް ނުކުރާހާ ގަދައަށޤ ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ އިރުއުތުރު ސަރަހައްދުގައި 2 މިލިއަނެއްހާ މީހުން ތާށިވެފައި ވާ އިރު، ފެންބޮޑުވުމުގެ ސީދާ އަސަރު، ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް ކުރަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއަށް ބަލާއިރު 100 އެއްހާ އަވަށް އޮތީ ފެނު އަޑީގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން 2 މިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ބައެއް ހިސާބުތަކުގައި 15 ފޫޓަށް ފެންގަނޑު ބޮޑުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނެތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގައި ފެންގަނޑު ބޮޑުވެފައިވާ ބައެއް މަގުތަކުގައި މަސްދޮށިތައް ހިފައިގެން މީހުން ނިކުމެ އުޅޭތީ ފެންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ބައެއް މީހުން ވަގުތީ ހިޔާތަކަށް ބަދަލުވީ ނާމްސޫފި ޖަނަވާރުތައްވެސް ގޮވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްއާއި އިންޑިއާގެ ބައެއް ސަރަހައްދުތަކަކީ ފެންބޮޑުވުމުގެ ހާދިސާތައް އާންމުކޮށް ހިނގާ ސަރަހައްދުތަކަކަށް ވީ ނަމަވެސް، މި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ނުރައްކާ ވަކިން ބޮޑު ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.