އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހު 17 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން ރަޖިސްޓާ ކުރުމަށް އެމްޓީސީސީން އެދިއްޖެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުގެރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ.

މިޖަލްސާ ގައި ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒްޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، މިޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާ ދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު "2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓާކުރުމަށް އެދޭ ފޯމް" އީމެއިލް ކޮށްގެން ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

މިޖަލްސާގައި ބައިވެރިވެވޭނީ އޭޕްރީލް 18، 2022 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.