5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފިއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ޖުމްލަ 239 ސެންޓަރެއްގައި އިމްތިހާނު ކުރިއަށްދާނެއެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ.

އެގޮތުން މި އަހަރުގެ އިމްތިހާނު ޖުމްލަ 5939 ދަރިވަރުން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑްއާ ގުޅިގެން މިވޭތުވެދިޔަ ދެ އަހަރު ތެރޭގައި ބައެއް އިމްތިހާނުތައް ވަނީ ފަސްކޮށްފައެވެ.