ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގެ ވިނަ ބަދަލުކޮށް ނިންމައިފިއެވެ. އެތާ އިންދާފައި ވަނީ އޮސްޓްރޭލޭލިއަން ގްރާސްއެވެ.

ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާން އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށީ މިދިޔަ ނޮވެންބަރު 15 ވަނަ ދުވަހު ކަމަށެވެ.

ވިނަ ބަދަލުކުރުމުގެ މަސައްކަތް 15 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ އެކި ހަފްލާތަކަށް ޖުމްހޫރީ މައިދާން ބޭނުންކުރަމުން ދިއުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ވިނަ ތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އިތުރު 1 މަސް ދުވަސް ހޭދަވި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ ޖުމްހޫރީ މައިދާނުގައި ރުކާއި ގަސްތައް ވަށައިގެން ހައްދާފައި ހުރި އަށިތަކުގެ މުށި ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ދެން ނުނިމި ހުރީ 5 ބުރު ކަމަށެވެ.

މީގެ އިތުރުން ބުރުތަކުގައި ހުރި ގަސްތަކާއި ރުއްތައް ސިޓީ ކައުންސިލުން ސާފުކޮށްފައި ވާއިރު ބުރުތަކުގެ ކުލަވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ހެލިޕޭޑް ލޭންޑިން ސަރަހައްދުގެ ކުލަވެސް ވަނީ ބަދަލުކޮށްފައެވެ.