ފްޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާންޑޯގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަށް އަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެއްޖެއެވެ. ރޭ މިކަން ހާމަ ކުރަމުން ރޮނާލްޑޯ ބުނީ، ރޮނާންޑޯގެ ފިރިހެން ދަރިފުޅު މަރުވީ ވިހެއުމުގެ ތެރޭގައި ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ އަށް ލިބުނު 2 ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވުމުން ލިބުނު ހިތާމަ ބޮޑު ކަމަށާއި، ނަމަވެސް ދެވަނަ ދަރިފުޅު ދުނިޔޭގައި އޮތުމުން އުފާ ކުރާ ކަމަށް ރޮޑާންޑޯ ވަނީ ބުނެފައެވެ.

ރޭ ވިހޭ ދެކުދިންގެ ތެރެއިން ދުނިޔޭގައި އޮތީ އަންހެން ކުއްޖެކެވެ.

"އަހަރެމެންގެ ތުއްތު ދަރިފުޅު މަރުވިކަން އިއުލާނު ކުރަނީ ވަރަށް ފުން ހިތާމަ އާ އެކު. އެއީ އެއްވެސް ބެލެނިވެރިއަކަށް އިހުސާސް ކުރެވޭނެ ވަރަށް ވުރެ ބޮޑު ވޭނެއް. ތުއްތު އަންހެން ދަރިފުޅު ދިރި ހުރުމުން އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ އުންމީދަކާއި އުފާވެރިކަމެއް މި ވަގުތު ލިބެނީ،" ރޮނާންޑޯ ބުނެފައި ވެއެވެ.

ރޮނާލްޑޯގެ 4 ކުދިން މިހާރުވެސް އެބަ ތިއްބެއެވެ. އެންމެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އުފަންވީ ޖޫން 2010 ގައެވެ. ސަރޮގެސީ މެދުވެރިކޮށް އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް އެ ދެމީހުންނަށް ލިބިފައި ވެއެވެ. އެއީ ޖޫން 2017 ގައެވެ. އަދި 2017 ގެ ނޮވެމްބަރުގައި އެމީހުންނަށް ދެވަނަ އަންހެން ދަރިއަކު ލިބުނެވެ. ރޭ ވިހޭ ދަރިފުޅާއެކު މިހާރު 5 ކުދިން ދުނިޔޭގައި އެބަ ތިއްބެއެވެ.