ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ މަތީގައި އުޅުއްވާ ބައެއް ވަޒީރުން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދަށް ފާޑުވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވީ ރާއްޖޭގެ ފޮރިން ސާރވިސް ގާނޫނުގައި ހާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ވަޒީރަށް އޮންނަ ގޮތަށް އޮތް މާއްދާ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
އަލީ ހުސައިން ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވައިލަންޖެހޭ ފަރާތަކީ ރައީސް ކަމަށާއި އެއީ ހާރިޖީ ވަޒީރު ކުރައްވާ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ހަތަރު މަސް ކުރިން ފާސްކުރި ފޮރިން ސާވިސް ގާނޫނަށް އިސްލާހު ހުށަހަޅަންޖެހުނު ސަބަބަކީ ރައީސް އަށް ވުރެ ފޮރިން މިނިސްޓަރު ބާރު ގަދަވެފައި އޮތުން ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ގާނޫނުތައް ހަދާއިރު ދިރާސާކޮށް ބަލަންޖެހޭ ކަމަށާއި އެއްވެސް ވަޒީރަކަށް ގާނޫނަކުން ހިފަހެއްޓުމެއް ނެތި ބޮޑެތި ބާރުތަކެއް ދޫކޮށްގެން ނުވާނެ ކަމަށް ވެސް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. އަދި މާލީ މަންފާއެއް ލިބޭ ކަމެއް ވަޒީރަކު ކުރުމަކީ ގާނޫނު އަސާސީން މަނާކޮށްފައިވާ ކަމެއް ކަމަށާއި އެ އުސޫލާ މިހާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހުންނެވީ ހިލާފުވެވަޑައިގަންނަވައި ފާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން އެ އިޝާރާތް ކުރެއްވީ، އދ ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި އަބްދުﷲ ޝާހިދު ހުންނެވި ހުންނެވުމަށެވެ. އެއީ މާލީ މަންފާ އެއް ލިބިވަޑައިގަންނަވާ ވަޒީފާއެކެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް މުތުލަގަށް އަސާސީގައި ބުނެފައެއް ނުވެއެވެ.
މަންފާއެއް ލިބޭ އެއްވެސްކަމެއް އަމިއްލައަށް ކުރާނަމަ އެވަޒީރަކު ޤާނޫނާ އަސާސީއާ ޚިލާފުވާނެ މުޠްލަޤަށް ބުނެވިފައި އެވަނީ. ޤާނޫނު އަސާސީން ބުނެދޭނީ އިޖްމާލީ ގޮތެއްގައި ކޮންމެ ތަފްޞީލުކޮށް ބަޔާންކުރަންނުޖެހެ