މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އަހުލާގީ މިންގަނޑު ދޫކޮށް ނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ މެމްބަރުން ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީ މެންބަރުން ތިބި ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މެންބަރު ރޮޒައިނާ އާދަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ރީތިކޮށް އުޅުއްވުމަށާއި އަދި ގައުމީ މަޖިލީހުގެ މެމްބަރުންވެސް އަހުލާގީ މިންގަނޑު ދޫކޮށް ނުލުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެބޭފުޅުން ވާދަ ކުރެއްވުމާއެކު އެމްޑީޕީގެ މެންބަރުން މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.
މިމަހު 8 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެމްޑީޕީގެ 115 މެންބަރުން ބައިވެރިވެފައިވާ އިރު އޭގެތެރެއިން 100 މެންބަރުންގެ ވޯޓާއެކު އެ އިންތިހާބު ބާއްވާ ތާރީހް ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.
ހަޔާތް މަދުވާނީ ތިޔަކަންހާ ވަރަށް އެމްޑީޕީ މީހުންނަކީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުންނަ ބަޔެއް ނޫން އަދި ޚާއްސަކޮށް އަންނިއަކީ އެހެންވެތާ ކަނޑިކި ނަގާ ވާހަކަ އެބުނީވެސް އެހެންނާ ފަހެ މިސާލުބަހެއްގެ ގޮތުގަވެސް ކަނޑިކި ނަގާވާހަކަ ބުނާކަށް ނުޖެހޭ.އެނޫން ބަހެއްވެސް ބޭނުން ކުރެވިދާނެ. ތިމާގެ ސަޕޯޓަރުން އެހެން މީހުނަށް ވަގަށް ގޮވިޔަސް އޯކޭ ޔިމާ މޯހާ ކަނޑިކި ނަގާ ވާހަކަ ދެއްކިޔަސް އޯކޭ.