"ވާވު ޝިޕްރެކް" ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނޭގޮތަށް އެ ސަރަހައްދުގައި ފައްތިޔާތަކެއް ޖަހައިފިއެވެ.

ފެލިދެއަތޮޅު އަތޮޅު ކައުންސިލުން ބުނީ ދެ މޫސުމުގައިވެސް ފަސޭހަކަމާއެކު ޝިޕްރެކް ސަރަހައްދުގައި އުޅަނދުފަހަރު ފައްތިޔާކޮށްގެން ތިބެވޭނޭ ގޮތަށް ބަލައިގެން ޖުމްލަ 6 ފައްތިޔާ ހަރުކޮށްފައި ވާ ކަމަށެވެ.

މި ފައްތިޔާތައް ޖެހުމުގެ ބޭނުމަކީ، ޝިޕްރެކް ސަރަހައްދަށް މިހާރު ޒިޔާރަށް ކުރާ ފަރާތްތަކުން އެ ސަރަޙައްދުގައި އަޑިޔަށް ގޮސްފައިފާ ބޯޓުގެ ފެނުން މަތީގައިވާ ބައިގައި ވާ އައްސަމުން ދާތީ ބޯޓަށް ލިބެމުންދާ ގެއްލުން ހުއްޓުން ކަމަށް ކައުސިންލުން ބުނެއެވެ. ހަމަ އެއާއެކު ބޯޓުގައި ވާ އައްސާ، ބޯޓާއި އެހާ ކައިރީގައި އުޅަނދުފަހަރު އަޅައިގެން ތިބުމުން، އެ ސަރަހައްދުގެ ކަނޑުއަޑީގެ ރީތިކަން ދެކެލުމަށް ފީނާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހި، އިންޖީނު އުޅަނޅުފަހަރު އެ ސަރަހައްދުގެ ކައިރީގައި ދުއްވުމުގެ ތެރޭގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތައް ފާހަގަވަމުންދާތީ އެކަންތައްތައް ހުއްޓުވުން ކަމަށް ވެސް ބުނެއެވެ.

"ވާވް ޝިޕްރެކް" ގައި ފައްތިޔާ ހަރުކޮށްފައި / ފޮޓޯ: ވ. އަތޮޅު އަތޮޅު ކައުންސިލް

ފެލިދެއަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ފާހަގަކުރެއްވި ގޮތުގައި މި ފައްތިޔާތައް ޖެހުމުގެ ބޭނުމަކީ އާއްމުންނަށް އެ ސަރަހައްދު ބޭނުންކުރުމުގައި ފަސޭހަކޮށްދިނުމުވެ. އެހެންކަމުން ޝިޕްރެކް ސަރަހައްދަށް ދާން މީހުން ބޯޓުގައި ވާ ހިފުން ހުއްޓާލައި، ހަރުކޮށްފައިވާ ފައްތިޔާތައް ބޭނުންކޮށް، އެ ސަރަހައްދުގެ ރީތިކަން ދިގުމުއްދަތަށް ބޭނުން ކުރެވޭނެގޮތަށް ޢަމަލު ކޮށްދިނުމަށް އެދިވަޑައިގަންނަވެއެވެ.

މި ފައްތިޔާތައް ހަރުކުރީ ކައުސްސިލްގެ މާލިއްޔަތުން ހަރަދުކޮށްގެންނެވެ.