ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ނ. މާޅެންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީ ކޮށްފިއެވެ.
އެ މަސްކަނޑާ ތަން ތަރައްގީ ކޮށްފައި ވަނީ ބޭންކުގެ އެހީގައި ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސްއެލްއައިޑީ) ފަރާތުންނެވެ.
މިތަން ފަރުމާކޮށްފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް އެތަން ބޭނުން ކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭ ގޮތަށެވެ.
ސާފު ރީތިފެން ލިބޭނެހެން ތަރައްގީކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްވެސް މި ސަރަހައްދުގައި ހުރެއެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ތަނެކެވެ.
މެސްކެނޑުމަށް ފަހު އުކާލާ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްކަނޑާ ތަން މާޅެންދޫ ރައްޔިތުން ބޭނުން ކުރަމުން ދާއިރު އެތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައު މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.