އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށް ދިނުމަށްޓަކައި އޭޖެންޓުންނަށް ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާ ކަމަށާއި އެސްޓީއޯއިން އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް ދޭ ކަމަށެވެ.

އެސްޓީއޯއިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކީގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަން ކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކަށް ކަމަށާއި އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު ޖެނުއަރީ 31، 2022 02:00 ގެ ކުރިން އީމެއިލް ކުރުމަށް ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ހަވާލު ކުރުމަށް އެސްޓީއޯއިން ބުނެއެވެ.