އީކޮމާސް ޕްލެޓްފޯމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން "އިޔާ އެންޑް ސޭލް 2021" މޫލީ ޕްލެޓްފޯމްގައި ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، ފުޅާވަމުން އަންނަ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ އިޔާ އެންޑް ސޭލް އެ ޕްލެޓްފޯމްގައި ވިއްކާ ޕްރޮޑަކްޓްސް އިން 40 ޕަސަންޓާއި ހަމަ އަށް ޑިސްކައުންޓް، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

މޫލީ އިޔާ އެންޑް ސޭލް އަށް ހާއްސަ ސެކްޝަންއެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި ފެންނާނެ ކަމަށާއި ސްމާޓް ފޯން އާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މޫލީ އިޔާ އެންޑް ސޭލުން ތަކެތި ބަލައިގަތުމަށް:

  1. އުރީދޫ އެޕް ނުވަތަ މޫލީ ވެބް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރޭ.
  2. ބޭނުންވާ ޕްރޮޑަކްޓްއެއް ހިޔާރުކުރުމަށްފަހު ކާޓް އަށް އެޑް ކޮށް، އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރޭ،
  3. ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖައްސާ.
  4. އޯޑާ ކަށަވަރު ކުރުމަށްފަހު ޕޭމަންޓް ކޮންފާމް ކުރުމާއި އިޔާ އެންޑް ސޭލަށް ކޮންމެ ނެޓްވާކް އަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރި ކޮށްލެވޭނެއެވެ.

އުރީދޫން ބުނީ މި ސޭލް ކުރިއަށް ދާނީ މިމަހު 27 އިން ޖަނަވަރީ 10، 2022 އާއި ހަމައަށް ކަމަށެވެ.

މޫލީގެ މެދުވެރިކޮށް ވިޔަފާރި ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްލަދޭއިރު، ކޮންމެތާކު ހުރެގެންވެސް ފެންވަރު ރަނގަޅު ތަކެތި ހެޔޮއަގުގައި ގަނެލުމަަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް އުރީދޫން ބުނެއެވެ.