މިއަދު މާލޭގައި ދިވެއްސަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، މާލޭގައި މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:21 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ. އެގޮތުން ޒަހަމްވެފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ދޭތެރެ ދޭތެރެއިން މާލޭގައި މާރާމަރި ހިންގާ ތޫނު އެއްޗެހިން ވެސް މީހުްނނަށް ހަމަލާދޭ މައްސަލަތައް ފެންަތިވެއެވެ، ގިނަ ފަހަރަށް މިފަދަ މައްސަލަތައް ހިންގަމުން އަންނަނީ ޒުވާނުންގެ މެދުގައި ހިނަގާ ހަމަނުޖެހުމުގައި ކަން ފާހަގަ ކޮށްލެވެއެވެ.