އިންޑިއާގައި ދަތުރުކުރަމުން ދިޔަ އަސްކަރީ ހެލިކަޕްޓަރެއް ވެއްޓުނު ހާދިސާގައި އެގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަޓް އަވަހާރަވެއްޖެއެވެ.
މިކަން އިންޑިއާގެ ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްދީފައިވާ އިރު އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ވަނީ ރާވަޓްގެ އާއިލާއަށް ތައުޒިއްޔާ ފޮނުއްވާފައެވެ.
އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓަށް މި ހެލިކަޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ދަތުރުކުރަމުން ދިޔަ ކަމަށާ އޭނގެ ތެރޭގައި ޖެނެރަލް ރާވަޓާއި އޭނާގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގައި ޖުމްލަ 13 މީހުން މަރުވެފައިވާ އިރު މީގެ ތެރޭގައި ޖެނެރަލް ރާވަޓްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ހަބަރު ލިބެއެވެ. އަދި މި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން މަރުވި މީހުންގެ ހަށިގަނޑުތައް ވަކިކުރެން ނޭނގޭ ވަރުވެފައިވާ ކަމަށާ ކާކުކަން ދެނެގަތުމަށް ޑީއެންއޭ ޓެސްޓްތައް ކުރަން ޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ރާވަޓް އަކީ 2019 ވަނަ އަހަރު އަލަށް އުފެއްދި ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފެވެ. އޭނާ އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއްގެ އިތުރުން ޑިފެންސް މިނިސްޓްރީގެ އެޑްވައިޒަރުވެސް މެއެވެ.
2019 ވަނަ އަހަރުގެ ސެޕްޓަމަރު މަހު ރާވަޓް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވާފައެވެ. މިދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަރުކާރުގެ އިސްވެރިންނާއި އިންޑިއާގެ ޗީފް އޮފް ސްޓާފް ބައްދަލުކުރެއްވިއެވެ.
އިންޑިއާގެ ބާރު ދެން ސާރކް އިން ދިއުމުގެ ކޮޅު މަތިފެންނަނީއޭ ދެން ފެންނާނީ މަލިކު ވެސް ރާއްޖެ އަށް ލިބޭ ތަނޭ އެދުވަސް ގާތްވަނީއޭ
އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ވަގުތު އައިސް ޖެހުނު ކަން އެގިގެންދަނީއޭ ދެން ރާއްޖޭގައި މިހާރު ހުރި ބާ ހެލިކޮޕްޓަރު ތައް ދުއްވައިގެން ނުވާނެއޭ އިންޓަރނޭޝަނަލް އޭވިއޭޝަން އޮތޯރިޓީން އެ އުޅަނދު ތައް އިންސްޕެކްޓް ކޮށް ސެޓިފައި ނުކުރާހާ ހިނދަކު މަމެން ކުރިން ވެސް ބުނީމެއް ނޫންތޭ އިންޑިއާގެ މިލިޓަރީ އަކީ އެއީ ކައްޕަޅި ވެރިކަމެކޭ
އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރާއްޖޭގައި ހުރި އިންޑިއާ ހެލިކޮޕްޓަރު ތައް ކަނޑުފައްތާލާ