ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

އެގޮތުން، ނ.މަނަދޫގެ ރައްޔިތުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯ ގައި ހިމަނާފައިވާ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެން ދާނެއެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން އެ ރަށުގެ ރައްޔިތުނަނަށް އެ ޕެކޭޖްތައް ވެސް ލިބިގެން ދާނެއެވެ.

ދިރާގު އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދް ވިދާޅުވީ، ދިރާގު ހައިސްޕީޑް އިންޓަނެޓް ރައްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުން ދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް، ބާރުވެރި ކުރުމަށް ކަމަށް ޖައިޝާން ވިދާޅުވިއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައި ވާއިރު މީގެ ތެރޭގައި 66 ރަށެއް ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅު ކުރުމަށް އަބަދުވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.