ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރަން އެމްއެމްއޭއިން ލަފާދީފިއެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ލަފާގައި ވާ ގޮތުން މިހާރަށް ވުރެ ރަނގަޅަށް ހިންގިދާނެ ކުންފުނިތައް ދެނެގަނެ ދައުލަތަށް ފައިދާ ވާނެ ގޮތަކަށް ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ވަނީ ލަފާ ދީފައެވެ.
މިގޮތަށް ލަފާ ދީފައިވަނީ ސަރުކާރުން އަބަދު ފައިސާ ދީގެން ކުންފުނިތައް ހިންގުމަކީ ދާއިމީ ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަކަށް ވާތީ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރަން އެމްއެމްއޭއިން ލަފާދީފައި ވާއިރު ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 24.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓަކަށްވާއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.
އެއާއެކު، އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ދައުލަތުން ހޯދަން ޖެހެއެވެ. އޭގެ ތެރޭގައި ބަޖެޓް ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ ހިމެނެއެވެ.
އަނެއްކާވެސް ތަންތަން ތިކޮޅަނީ ނަސީދަށާ ސަރުކާރަށް ލާރިގަނޑެއް ހޯދޭނެގޮތެއް ނެތީތަ މިމީހުން ވެރިކަމުން ފައިބާ އިރު ރާއްޖޭގެ ބަރުދަނުގަ ދަރުވާލާނެ. ސަރުކާރުގެ ބަޖެޓުގާ ލޯލާރިއެއް ވެސް ނޯނަނާނެ ޔަގީން
ފުރަތަމަ ޕްރައިވަޓައިޒް ކުރަންވާނީ ރައީސް އޮފީސް ދެންވެރިކަން އޭރައް ތިކަން ހަމަޖެހުނީ ،، އެއްގޮތަކަށްވެސް މިގައުމަށް ފައިދާހުރި ބޭނުން ސަރުކާރެއްނޫން މިހާރަކު މިއޮތީކީ