އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ބަލާލަން ޓިކެޓެއް ހޯދުމުގެ ފުރުސަތު އުރީދޫ މޫލީއިން ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ފުރުސަތުގައި ނަސީބުވެރި ފަރާތަކަށް މާދަމާ ރޭގެ މެޗު ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫއިން ބުނީ، އެ ޕްރޮމޯޝަންގައި ބައިވެރި ވުމަށްޓަކައި، މޫލީގެ ފޭސްބުކް ޕޭޖަށް ލައިފައިވާ ވީޑިއޯ އިން ފެންނަ ބޯޅަ، ގޯލަށް ވަންނަ ވަގުތު ސްކީރީންޝޮޓެއް ނަގާ، އެ ސްކްރީންޝޮޓް ހޭޝްޓެގް އުރީދޫ ސާފް ޗެމްޕިއަންޝިޕް ޖެހުމަށް ފަހު ކޮމެންޓް ބަޔަށް ޕޯސްޓުކޮށް އޭގާ ރައްޓެއްސަކަށް ޓެގްކުރަން ވާނެ ކަމަށެވެ.

އެ ޕޮރޮމޯޝަން ކުރިއަށް ގެންދަނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށެވެ. އެ ޕްރޮމޯޝަންގައި ނަސީބުވެރި މީހަކު ހޮވާ، އެ މީހަކަށް ދެ ޓިކެޓު ދޭން ވަނީ ހަމަޖެހިފައެވެ.

https://fb.watch/8AWQyjPcpx/

މި މުބާރާތާއި ގުޅިގެން މިފަދަ އެތަށް ފުރުސަތެއް އުރީދޫއިން އަންނަނީ ހުޅުވާލަމުންނެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ މެޗު، ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗާ ދިމާކޮށް އުރީދޫއިން ވަނީ އުރީދޫގެ ސޯޝަލް މީޑިއާއަށް ވީޑިއޯއެއްލާ އެއިން ފެންނަ ބޯޅަ، އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯއާ ދިމާކޮށް ސްކީރީންޝޮޓު ނަގާ އެ މެޗު ބެލުމުގެ ފުރުސަތުވެސް 2 މީހަކަށް ދީފައެވެ.

މީގެ އިތުރުން އުރީދޫއިން ވަނީ މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގާ މެޗު އޮންނަ ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް އެ ދުވަހެއްގެ މެޗު ބެލުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫއެވެ.