މާލެ ހިޔާ ކައިރީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މާލެ ހިޔާ ކައިރީ އޮތް ޕިކަޕެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 8:49 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް ޕިކަޕުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. ނަމަވެސް އެ ޕިކަޕަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިންގަން މެދުވެރިވީ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.