މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭ ހުރިހާ މެޗެއް، ސޯޝަން ސެންޓަރު ބޭރުގައި ހަރުކޮށްފައި ހުރި ސްކްރީނުން ވަގުތުން ބަލާލެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ސޯޝަން ސެންޓަރު ބޭރުގައި ހަރުކޮށްފަހުރި އެލްއީޑީ ސްކްރީނުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އުރީދޫން ވަނީ މެޗުތައް ބަލަން އަންނަ ހުރިހާ ފަރާތްތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ.

މިރޭ ގައުމީ ޓީމް ބަންގްލަދޭޝް އާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ޓިކެޓުތައް ވަނީ ވިކި ހުސްވެފައެވެ.