ވެލާނާ އެއާޕޯޓުގައި ކާރު އެކްސިޑެންޓެއްް ހިންގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ވޯކްވޭ ފެންސްގައި ޖެހި ފެންސް ފަޅާފައި ގޮސް ވޯކްވޭ މައްޗަށް އަރާ އެކްސިޑެންޓެއް ހިނގީ މިއަދު މެންދުރު ފަހު 3:28 ހާއިރުއެވެ.

މި އެކްސިޑެންތްގައި 3 މީހަކަސް އެކި ވަރުގެ އަނިޔާވެފައި ވާ ކަމަށާއި އަނިޔާ ވެފައި ވަނީ 3 ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ. އެ ތިން މީހުންނަށް ވެސް އެއާޕޯޓް މެޑިކަލް ޕޮއިންޓްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ދިވެހިންނަށް ކަމެއް ނުވަތަ ގެސްޓުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެކްސިޑެންޓްވި ކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.