ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ. ނޮޅިވަރަމްފަރުގައި ޕަބްލިކް ލައިބްރަރީއެއް ހުޅުވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، މި ޕްރޮޖެކްޓަކީ ނޮޅިވަރަމްފަރުގެ ޔޫތް ޑިވެލޮޕްމަންޓް ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ގާއިމް ކުރި ލައިބްރެރީއެއް ކމަށެވެ. މި ލައިބްރަރީ ގާއިމް ކުރުމަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަން ފޯރުކޮށް ދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ބީއެމްއެލުން ފާހަގަ ކުރެއެވެ.
ޕަބްލިކް ސަރަހއްދެއްގައި މިފަދަ ލައިބްރަރީއެއް ގާއިމް ވެގެން ދިއުމަކީ އުންގެނުމަށާއި ކިޔުމަށް ދެވުނު ހިތްވަރެއްގެ ގޮތުގައި ވެސް ބީއެމްއެލްއިން ފާހަގަ ކުރެއެވެ.
މި ރީޑިންގް ޕާކް ޑިޒައިންކޮށްފައި ވަނީ ވަރަށް ދިވެހިވަންތަ ވެއްޓަކަށް ފެތޭ ގޮތަށެވެ. އެ ގޮތުން އުނދޯއްޔާއި ޖޯލި ފަތި ޖަހާފައިވާ އިރު އެތަނުގައި އިށީނދެގެން ހިތްގައިމު މާހައުލެއްގައި ފޮތް ކިޔާލުމުގެ ފުރުސަތު ކުދިންނާއި ޒުވާނުންނާއި ހުރިހާ އުމުރު ފުރާގެ މީހުންނަށް ވެސް ލިބިގެން ދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
މީގެ އިތުރުން މި ރީޑިގް ޕާކްގައި ގިނަ އަދަދެއްގެ ތަފާތު އުމުރުތަކަށް ގުޅޭ ތަފާތު ވައްތަރުގެ ފޮތްތައް ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.