މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫގެ ދަށުން، 77,831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 227 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 193 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައި ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަަމަށް އެމްޓީސީސީން ބުނެއެވެ.

ވޭވަށް ބަނދަރުގެ މަސައްކަތް އިހު ހުރި ގޮތާއި މިހާރު ހުރި ގޮތް ދައްކުވައިދޭ ފޮޓޯއެއް

ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލާފައި ވާއިރު، އެމްޓިސީން ގިން ޕްރޮޖެކްޓްތަކެއްގެ މަސައްކަތް މިހާރުވެސް އެކި ކަންކޮޅުގައި ދަނީ ކުރަމުންނެވެ. އެ ގޮތުން ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ރަށްރަށުގެ ތެރޭގައި އއ. އުކުޅަކާއި، ހއ. އިހަވަންދޫއާއި، އދ. މަންދޫއާއި، ޅ. ހިންވަރާއި، ސ. ހުޅުދޫ ހިމެނެއެވެ.

މީގެ އިތުރުންވެސް ގިނަ މަޝްރޫއުތަކެއް މިހާރުވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.