ހިޔާ ފްލެޓުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް ބަލާ ފާސް ކުރަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6720 ފުލެޓުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބަލާ ފާސް ކުރުމުގެ މަސައްކަތްތައް މިއަދުން ފެށިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތްކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ ގަޑިތައް:

އެހެންކަމުން ތާވަލްގައި އަންގާފައިވާ ގަޑިތަކުގައި އެ ޓަވަރުތަކުން ފުލެޓު ލިބިފައިވާ ފަރާތްތަކުން އެމްއެންޑީއެފްއިން ބަލާ ފާސް ކުރުން ނިމެންދެން ފުލެޓުތައް ހުޅުވާފަ ބެހެއްޓުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި ފުލެޓުހަވާލު ކުރެވުނު އިރު ހަވާލު ކުރެވިފައިވާ އަލިފާން ނިއްވާ ފުޅި އަދި ރަޖާ ފެންނާނެ ގޮތަށް ބެހެއްޓުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.