ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން "ބައްތިރީސް" ގެ ނަމުގައި 32 އިންޗީގެ ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން 32 އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ ވިއްކާ އަގަކީ އެންމެ 2،999 ރުފިޔާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ޓީވީ އަކީ އަޑު އެހާމެސާފުކުލަތައް އެހާމެ ޗާލު ޓީވީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން މި އީ ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންސް ބޭނުންކުރެވޭ އެޗްޑީ ޓީވީއެކެވެ.

މީގެ އިތުރުން އެސްޓީއޯއިން މިމަހުގެ ތެރޭގައި އިތުރު ޕްރޮމޯޝަނެއް ފަށާފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓަށް ގަންނަ މުދާ އެ ކުންފުނީގައި އެއް މަސް ދުވަހަށް ބަހައްޓައިދޭ ގޮތަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފެށި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗަކުން ވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.