މި ސަރުކާރާއެކު އޮތީ 5 އަހަރަށް އޮތް އެއްބަސްވުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވީ ޖޭޕީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ސަރުކާރާއެކު އޮތީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށާއި އެ އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ވަމުން ދިޔަޔަސް، ނުދިޔަސް ހެޔޮހިތުން ވެރިންކަން ކޮށްދެއްވާ ކަމަށް ބަލައިގެން އިހުލާސްތެރިކަމާއެކު ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ވައްޓާނުލާ ކުރެވެން އޮތް މަސައްކަތްތަކެއް ޕާޓީން ކުރަމުންދާ ކަމަށެވެ.

ގާސިމް ވިދާޅުވީ ސަރުކާރަށް އެހީތެރިވެވެން އޮތް ހުރިހާ ސިފައެއްގައި އެހީތެރިވަމުން ގެންދަވާ ކަމަށާ އަދި ޕާޓީއިން މަސައްކަތް ކުރަމުން ދަނީ އެގޮތަށް ކަމަށެވެ.

ދޭތެރޭގަ އަދި ކޮންމެ ގޮތަކަށް އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ވަމުން ދިޔަޔަސް ނުދިޔަސް އަޅުގަނޑުމެން އެނުދާ ކަމަށް ބައލައިގެނެއް ނޫން މިތިބީ، ހަމަ ހެޔޮހިތުން ވެރިންކަން ކޮށްދެއްވާ ކަމަށް ބަލައިގަނެގެން، އިހުލާސްތެރިކަމާއެކު ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ވައްޓާނުލާ އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތްތަކެއް ކުރަމުން މިދަނީ ، ސަރުކާރަށް އެހިތެރިވެވެން އޮޔް ހުރިހާ ސިފައެއްގަ އެހީތެރިވަމުން މިދަނީ
ގާސިމް އިބްރާހިމް

ގާސިމް ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ ނަމަ ތާއިދު ކުރާނެތޯ ނޫންތޯ ނިންމާނީ ކައުންސިލުން ކަމަށް ވިދާޅުވުވެފައެވެ.