ކޮވިޑް ކޭސްއާ ގުޅިގެން މޮނިޓަރިން އަށް ލި އދ. މަހިބަދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މަހިބަދޫގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށެވެ.

ފްލޫކްލިނިކްއަށް ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ކުއްޖާގެ ދެ ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވް ވުމާ ގުޅިގެން، ރަށް މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މީގެ ކުރިންވެސް ދެ ފަހަރު މަހިބަދޫ މޮނިޓަރިންއަށް ލާފައިވެއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.