ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފަ ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

ކާނަލް މުހައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރައްވާ، މަގާމުގެ ލިޔުން ހަވާލުކުރެއްވީ އިއްޔެ ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ބަންޑާރަކޮށީގައި ބޭއްވި އެބައްދަލުކުރެއްވުމުގައި އެ ލިޔުން ކާނަލް މުހައްމަދު އިބްރާހީމްއާ ހަވާލުކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފަ ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވީ ކާނަލް އަހްމަދު ތާހިރުއެވެ.

ކާނަލް މުހައްމަދު އިބްރާހީމް ވަނީ އެމްއެންޑީއެފުން އުފެއްދި އެޖުޓަންޓް ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

އޭގެ އިތުރުން ކާނަލް މުހައްމަދު އިބްރާހީމް ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމު ވެސް ފުރުއްވާފައެވެ.