އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމާރާމާރީގައި އަންހެނަކަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އަނިޔާވެފައި ވަނީ 50 އަހަރުގެ އަންހެނަކަށް ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަރިޔަމް ޒުބައިރު (މަންދީ) ގެ ބޯ ފަޅާލުމުން ލޭފައިބާފައި / ފޮޓޯ: ސޯޝަލްމީޑިއާ

އެމާރާމާރީ ހިންގާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވާއިރު އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ.

ބައެއް މަސްދަރުތަކުން އެނގޭގޮތުގައި އެ މާރާމާރީ ހިންގީ އެމްޑީޕީ ސެކްރެޓޭރިއޭޓުގެ ޕިއޯނެވެ.