އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 3 ގުނަ އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފާ އެއް މިއަދު ތައާރަފް ކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ، މި އޮފާ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180 ޖީބީ އާ ހަމައަށް ޑޭޓާ އާއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ. އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފާ އާއެކު ލިބިގެން ދާތީ މިއީ ކަސްޓަމަރުންނަށް ލިބޭނެ އިތުރު ފުރިހަމަ ހިދުމަތެއް ކަމުގައި އުރީދޫން ބުނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް؛
އުރީދޫން ބުނީ މިއަދު ލޯންޗްކުރި އާޗާ ޕްރިޕެއިޑްގެ ހާއްސަ އޮފާ ފަރުމާ ކުށްފައި ވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވާދީ އަދި ސްޓްރީމިންގް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައް ވެސް އިތުރު ހާސްކަމެއް ނެތި ބަލާލެވޭ ގޮތަށް ކަމަށެވެ. އާޗާ ޕްރީޕެއިޑް ނަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ހާއްސަކޮށް ބަހާލާފައި ކަަމަށް އުރީދޫން ބުނެއެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކ ކުރުމަށް އުރީދޫ އެޕް އަދި އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެހުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. ހަމައެއާއެކު 1#*929* އަށް ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނަގަން އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭނެއް ބަލައިގަތުމަށް ފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކޮށްގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.