ޓެކްނިކަލް މައްސަލައެއް ދިމާވެ މެދުކަނޑާލި ހިޔާ ޓަވަރުގެ 3 އަދި 4 ވަނަ ޓަވަރަށް މާދަމާ ކަރަންޓު ދޭން ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

މި ދެ ޓަވަރަށް މި މަހުގެ 20 ވަނަ ދުވަހު ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނިކޮށް އެ ޓަވަރުތަކުގެ ލިފްޓް ތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުން ފަސްކުރީ ކަމަށް މީގެ ކުރިން ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ވަގުތު އަންގާނެކަމަށެވެ.

އަދި ފްލެޓްގެ ވެރިފާރާތުން އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.