ގުރޭޑު އެކެއްގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓް މާންދާގެ ފޮތް ދޭނީ ކޮންމެ ފަސް ކުއްޖަކަށް ފޮތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ސުކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ މި އަހަރު ގުރޭޑު އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ދަރިވަރުންނަށް ހާއްސަ ފޮތެއް ކަނޑައަޅައިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެ މާއްދާ ކިޔަވައިދޭއިރު ކްލާސް ޓީޗަރުން ކިޔަވައިދިނުމުގެ އެހީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އޭ 3 ސައިޒުގެ ފޮތްތައް ބަދަލުގައި ހިމަނާފައިވާ ކަމަށް އެސާކިއުލާގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ކްރިއޭޓިވް އާޓް ފޮތްތައް ސުކޫލުތަކަށް ބެހުމަށް ހަމަޖެހިފައިވަނީ ގުރޭޑް އެކެއްގެ ކޮންމެ ކުލާހެއްގެ ޖުމްލަ ކުދިންގެ އަދަދަށް ބަލާ ކޮންމެ ފަސް ކުއްޖަކަށް ފޮތެއްގެ ނިސްބަތުން ކަމަށެވެ.

މި ފޮތްތައް ހުންނަންވާނީ ވެސް ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައެވެ. ސްކޫލުތަކުން މި ދެންނެވުނު އަދަދަށް ފޮތް ނެންގެވުމަށްފަހު އިތުރުވާ ފޮތްތައް ރައްކާތެރިކަމާއެކު ބަލަހައްޓައިފިނަމަ ކުރިއަށް އޮތް ދެ އަހަރު މި ފޮތްތައް އިތުރަށް ޗާޕުނުކޮށް ވާނެކަމަށް ބެލެވެއެވެ. އަދި މިހާތަނަށް އެއްވެސް ދަރިވަރަކަށް މި ފޮތް ދޫކުރެވިފައިވާނަމަ ސްކޫލުން އެ ފޮތްތައް ނެންގެވުން އެދެމެވެ
މިނިސްޓްރީން ސުކޫލުތަކަށް ފޮނުވި ސާކިއުލާ

އޭގެ އިތުރުން އެ ފޮތްތައް ހުންނަންވާނީވެސް ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ކަމަށް ސާކިއުލާގައި ބުނެއެވެ.