އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް އިންޓަނެޓު ރީޗާޖު ކުރާ ކޮންމެ ފަހަރަކު އިތުރު 50 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ރީޗާޖު ކުރުމުން އިތުރު 50 ޕަސެންޓް ޑޭޓާ ލިބޭނެއެވެ.
ގޭގެއަށް ދޫކޮށްފައިވާ ފަސޭހަ ހޯމް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތަަށް ހާއްސަކޮށް ހަ ޕެކޭޖެއް ތައާރަފު ކޮށްފައި ވެއެވެ.
ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެއެވެ. މި ޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް ރީޗާޖު ކުރުމުން އިތުރު 10ޖީބީ އާއެކު ޖުމްލަ 30ޖީބީ ލިބޭނެއެވެ.
މި ޕްރޮމޯޝަން ފެށުމާއެކު އުރީދޫން ގޭގެ އަށް ދޭ އިންޓަނެޓުގެ މި ހިދުމަތް ނަގާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އުރީދޫން ރާއްޖޭގައި ހިދުމަތްދޭތާ 16 އަހަރުވެފައިވާއިރު، އެ ކުންފުނިން ދަނީ އާ ގިނަ ހިދުމަތް ތަކެއް ތައާރަފު ކުރަމުންނެވެ.