ށ. ޅައިމަގުގައި އޮގަސްޓް 22، 2021 ވަނަ ދުވަހު ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި 3 މީހުން 15 ދުވަހަށް ބަންދު ކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖާ ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ ވެސް ޅައިމަގުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ތިން މީހުންގެ ބަންދަތު ޖަހާފައިވަނީ އިއްޔެ ށ. ފީވަކުގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

17 އަހަރުގެ ފިރިހެން ކުއްޖަކު ޅައިމަގުގައި ރަހީނު ކުރި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވާ ކުއްޖާއަށް ޖެންޑާއިން ރައްކާތެރިކަން ފޯރުކޮށްދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.