ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ދަށްވަމުން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ހާޝިމް އެހެން ވިދާޅުވީ އެމްއެމްއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހާޝިމް ވިދާޅުވީ ރޭޓިން ދަށްވުމުން އިންސްޓިއުޝަނަލް އިންވެސްޓާސް ކޮންމެވެސް ވަރަކަށް ޖެހިލުން ވާނެ ކަމަށާއި އަދި ބައެއް އިންސްޓިއުޝަނަލް އިންވެސްޓާގެ ޕޯޓްފޯލިއޯ މެނޭޖުކުރާ ގޮތުން ޕޯޓްފޯލިއޯގެ ވަކި ގްރޭޑެއްގެ އިންވެސްޓާސް ނަގާ ކަމަށް ވާނަމަ އޭގެތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށެވެ.

ޖެނެރަލް ރޭޓިން ދޭއިރު ގިނަ ފަަހަރު ހުރިހާ ކަމަށް ވެސް ބަލާނެ ކަމަށް ހާޝިމް ވަނީ ވިދާޅުވެފައެވެ.

ރޭޓިން އެޖެންސީތަކަށް އެބަފެނޭ ފިއުޗާގައި ރިބައުންޑެއް އަންނަތަން ވެސް. ޓޫރިޒަމް ރިލަޔަންޓް ގައުމުތަކާ ބަލާއިރު ރާއްޖެއަކީ ފުރަތަމަ ލީޑް ކުރި ގައުމު. އެހެންވެ އެއީ ޕޮޒިޓިވް ފިއުޗާއެއް ކަމަށް ބަލާފަ އަޅުގަނޑުމެން ކުރިއަށް ދަނީ. އެހެންވެ ޓާގެޓެޑް އިންވެސްޓާސް އަށް މިއީކީ މައްސަލައެއް ނޫން އިކޮނޮމީ ރިކަވަރީ އިތުރު ޝޮކެއް ނެތްނަމަ
ގަވަރުނަރު އަލީ ހާޝިމް

ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، މިހާތަނަށް ރާއްޖެ އަށް ރޭޓިން ދީފައިވަނީ ފިޗާއި މޫޑީސް އިންވެސްޓާސްގެ ފަރާތުންނެވެ.

ފިޗް ރޭޓިންގްސް އިން އެންމެ ފުރަތަމަ ރާއްޖެ އަށް ކްރެޑިޓް ރޭންކިން އެއް ދިނީ 2016 ވަނަ އަހަރު އެވެ. ފިޗަކީ ދުނިޔޭގެ އެންމެ ޓްރާންސްޕޭރެންޓް ރޭޓިން އެޖެންސީ އެވެ.