މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝިއަން އަކަށް އައިޝަތު ހަސަން އައްޔަން ކުރައްވައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަކީ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ތަފާސްހިސާބާ ގުޅޭ ގާނޫނުގެ ދަށުން ކުރީގެ ނެޝަނަލް ބިއުރޯ އިފް ސްޓެޓިސްޓިކްސްގެ ބަދަލުގައި ވުޖޫދުކުރި މުއައްސަސާއެކެވެ. އެ މުއައްސަަސާއިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ.

ޗީފް ސްޓެޓިސްޓީޝަން އަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމަށް ފަސް އަހަރުގެ މުއްދަތަކަށް ރައީސް އައްޔަނުކުރައްވާ ފަރާތެކެވެ. ގާނޫނުގެ ދަށުން ޗީފް ސްޓެޓިސްޓިޝަނަކީ އިންތިހާބު ކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެން ނުވާނެއެވެ.

އެ މަގާމަށް އައްޔަނުކުރި އައިޝަތު ހަސަން އަކީ އިކޮނޮމިކްސް އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ނަންގަވައިގެން ހުންނެވި އަދި އިކޯމެޓްރިކްސް ދާއިރާއިން މާސްޓާޒް ހައްދަވާފައިވާ ފާރާތެކެވެ.