ކަސްޓަމްސްގެ ބެލުމުގެ ދަށުގައިި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

އެ ތަކެތި ނަައްތާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި 1264.48 ކިލޯ ގްރާމްގެ އޫރުމަސް، 9922.11 ލީޓަރުގެ ބަނގުއަވީގެ އިތުރުން 489.16 ލީޓަރުގެ ބަނގުރާ ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަންސް އިން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.