އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީއިން ވިޔަފާރި ކުރުމުން 3،000 ރުފިޔާގެ އިނާމު ލިބޭ ލަކީޑްރޯއެއް އެ ކުންފުނިން ފަށައިފިއެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ލަކީޑްރޯ ބާއްވާން ނިންމީ މި މަހުގެ ދޭއްގައި މޫލީއަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެ ގިވްއަވޭގައި ބައިވެރިވެވެނީ މޫލީން 1،500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކުރުމުން އޮޓޮމެޓިކްކޮށެވެ. އަދި މި މަސް ނިމުމުން ލަކީޑްރޯއިން މީހަކު ހޮވާ އެ ފަރާތަކަށް އެކަން އަންގާނެއެވެ.

އެ ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ފިޓް 2 އަކާއި ސެމްސަންގް ގެލެކްސީ ބަޑްސް އާއި މޫލީގެ ލޯގޯ ޖަހާފައިވާ ޖޯޑެއް ލިބޭނެއެވެ.

މޫލީ އެޕް ޑައުންލޯޑުކޮށްގެން ވިޔަފާރި ކުރުމުން އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ. އަދި ސެމްސަންގުން އެންމެ ފަހުން ނެރުނު ޒީ ފްލިޕް އާއި އެހެން ޑިވައިސްތައްވެސް އެ އެޕް މެދުވެރިކޮށް، ޑިސްކައުންޓުތަކާ އެކު ލިބެން ހުންނާނެއެވެ.