ގައުމީ އެއާލައިން މޯލްޑިވިއަން ވިއްކާ ނުލާން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
ސައީދު މިހެން ވިދާޅުވީ، ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ބޭރު ފަރާތްތަކާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސް ސޯލިހް ވިދާޅުވުމުންނެވެ.
ސައީދު ވިދާޅުވީ، ވެލާނާއެއާޕޯޓުގައި ބޮޑު މުސާރައިގައި ތިއްބެވި ބޭރުގެ ބޭފުޅުން ތިއްބެވީ ޗުއްޓީގައި ކަމަށާއި އެހެންކަމުން ދުވާލަކު އެއްފަހަރު ވެލާނާ އެއާޕޯޓަށް ރައީސް ސޯލިހް ވަޑައިގެން އެތަނުގެ މަސައްކަތްތައް ކުރިއަށް ދޭތޯ ބައްލަވާ ލެއްވުން ރަނގަޅު ކަަމަށެވެ. ސީޕްލޭން ޓާމިނަލް ނިމިފައި ހުންނަތާ ދެ އަހަރުވެފައިވާ އިރު ގައުމީ އެއާލައިން ވިއްކާ ނުލާ މި ކަންކަން ކުރެއްވުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މޯލްޑިވިއަންއަކީ ކުރިންވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ކަމަށާއި އަދި ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ހީނަރުކަމުގެ ތެރޭގައި އެ ކުންފުނީގެ އިގްތިސޯދީ ހާލަތު އިތުރަށް ރަނގަޅުނުވާ ކަމަށެވެ. ކުންފުނިތަކުގެ މާލީ ޙާލަތު ވަރަށް ބޮޑަށް ގޯސްފައިވާއިރު، އަދި އެ ކުންފުނިތަކުގައި ތިބި ތަޖުރިބާކާރު ގިނަ ބަޔަކު ކުންފުނިތައް ދޫކޮށްފައިވާތީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަން ޖެހޭ ކަމަށާއި ސަރުކާރުން ސަބްސިޑީ ދީގެން ވެސް ގައުމީ އެއާލައިން ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ޖޮއިންޓް ވެންޗާއެއް ހެދުމުގެ ބޭނުމަކީ ބޭރުގެ ދަތުރުތަކުން ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އިއްޔެ ރައީސް ދެއްކެވި ވާހަކަފުޅުގައި ސީޕްލޭންގެ ހިދުމަތް ރަނގަޅު ކުރުމަށް އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ހޯއްދަވަމުންދާ ކަަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަދިވެސް ޚަރަދުތައް ކޮންޓްރޯލް ކުރާތަނެއް ނުފެނޭ. ދައުރު ނިމޭއިރު މުޅިޤައުމު ވިކުމުގެ ބިރުވެރިކަން އެބައޮތް
ސާބިތު ނުހިފޭ ވާހަކަ ނުދައްކާ.ބޭފުޅާ މިނިސްޓަރު ކަމުގާ ހިންގި ކޮރަޕްޝަން ގެ ވާހަކަ ދައްކަވާ މައާފަށް އެދި ލައްވާ ދޮއްތޮ.