ކޮންޓެއިނަ ބޯޓަކުން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތްގަނޑަކަށް 9:30 ހާއިރު ކަމަށެވެ.

އެ މީހާ ކޮންޓެއިނަރު ސްޕްރެޑާ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑާ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރު މައްޗަށް ވެއްޓިިި ކަނާއަތު އުޅަބޮނށި ވަނީ ނެއްޓިިފައި ކަމަށް ދާނިޝް ވަނީ ވިދާޅުވެފައެވެ،

އެމީހާ ވެއްޓިފައި ވަނީ 10 ފޫޓު މަތިންނެވެ. އަދި އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި އަދި މިހާރު ދަނީ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން ކަމަށް ވެސް ބުނެއެވެ.

ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް (ހެލްމެޓް، ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަ ކޮށްގެންކަން ދާނިޝް ވަނީ ފާހަގަ ކުރައްވައެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް ވަނީ އެމްޕީއެލްގައި މިފަދަ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި އެމްޕީއެލް ޕޯޓް ސައިޓުގައި ކޮންޓެއިނާއެއް މަތިން ވެއްޓުނު މުވައްޒަފެއްގެ ވާއަތުގެ ކޮނޑުހުޅާއި އުޅަބޮއްޓާ ދޭތެރެ ވަނީ ބިނދިފައި ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް ސަރަހައްދުގައި މިފަދަ ހާދިސާތައް ހިނގުން ގިނަވެފައި ވާއިރު އާންމުންގެ ފާޑުކިޔުން އެމްޕީއެލްގެ މެނޭޖުމަންޓަށް ވަނީ އަމާޒުވެފައެވެ.