އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އުރީދޫ ކަސްޓަމަރުންނަށް ސެމިލީ ރެސްޓޯރަންޓުން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުންޏާ ސެމިލިސް ރެސްޓޯރަންޓް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށަފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.

އެގޮތުން އެ ރެސްޓޯރަންޓުން ކުރާ ބައެއް އޯޑަރާ އެކު އުރީދޫގެ ކޮންމެކަސްޓަމަރަކަށް ހިލޭ ޕިއްޒާ، ބާގާ، ޑަމްޕްލިންސް ނުވަތަ ފްރެންކީސް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ގޮތުން މި ޕްރޮމޯޗަން ދިނުމަށް ހަމަޖެހިފައި ވަނީ އެ ރެސްޓޯރަންޓުން އޯޑާ ކުރާ 8 ބާވަތެއްގެ ކާނާއަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ މި ހާއްސަ ޕްރޮމޯޝަން ލިބޭ އައިޓަމްސްތަކުގެ ތަފްސީލް:

  • ގްރިލްޑް ޗިކެން އޯޑާ ކުރުމުން ޕިއްޒާ / ފްރެންކީސް ހިލޭ
  • ގްރިލްޑް ޗިކެން އޯޑާ ކުރުމުން ބާގާ / ފްރެންކީސް ހިލޭ
  • ގްރިލްޑް ޗިކެން އޯޑާ ކުރުމުން ޑަމްޕްލިންސް / ފްރެންކީސް ހިލޭ
  • ފެމިލީ މީލް އޯޑާ ކުރުމުން ޕިއްޒާ ހިލޭ
  • ފްރެންޑްސް + ފެމިލީ މީލް އޯޑާ ކުރުމުން ޕިއްޒާ / ފްރެންކީސް ހިލޭ
  • ތަންދޫރް ފެމިލީ މީލް އޯޑާ ކުރުމުން ޕިއްޒާ / ފްރެންކީސް ހިލޭ
  • ޓިއްކާ ކޮމްބޯ މީލް އޯޑާ ކުރުމުން ޕިއްޒާ / ފްރެންކީސް ހިލޭ
  • ޓިއްކާ ޝެއަރިންގް މީލް އޯޑާ ކުރުމުން ޕިއްޒާ / ފްރެންކީސް ހިލޭ

މި ޕްރޮމޯޝަންގައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އުރީދޫން އުރިޑޫގެ ނަނަބަރުތަކަށް އެސްއެމްއެސްއެއް ފޮނުވާނެ ކަމަށާއި އެ އެސްއެމްއެސް އެ ރެސްޓޯރަންޓަށް ދައްކާލުމުން މަތީގައި ބަޔާންކޮށްފައި ވާ 8 ކާނާއަށް ދޭ އޮފާތައް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ 16 ވަނަ އަހަަރީ ދުވަހާ ގުޅުވައިގެން މި ހާއްސަ އޮފާ ކުރިއަށް ދާ އިރު، މިއަހަރު އުރީދޫން އަތޮޅު ދުވުން ވެސް ކުރިއަސް ގެންގޮސްފައި ވަނީ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.