5 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8 އަކުން މެންދުރުފަހު 3 ޖަހަންދެން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިން ބުނެފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ މާލެއާއި ހދ.ނޮޅިވަރަމް، ނ.ކެނދިކުޅުދޫ، ނ.މަގޫދޫ، އއ.ފެރިދޫ އަދި ކ.ދިއްފުށީގައެވެ.

މި އިންތިހާބުގައި މުޅި ޖުމްލަ 4937 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކޮށްފައި ކަމަށާއި އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައި ކަމަށް އިލެކްޝަންއިން މީގެ ކުރިން ވަނީ ބުނެއެވެ.

މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި އޮންލައިންކޮން ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލީ މިދޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި ޖުލައި މަހުގެ 26 ވަނަ ދުވަހު ރީ ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވެފައިވާއިރު ރަަޖިސްޓްރީވެފައިވަނީ އެންމެ 30 މީހުން ކަމަށް އީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ. އެއީ އއ. ފެރިދޫ 27 މީހަކާއި ނ. މަގޫދޫ އިން 3 މީހަކު ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.