އުރީދޫ އަތޮޅު ދުވުމުގެ ފޮޓޯ އާއި މެޑަލް، ސޯޝަލް މީޑިއާގައި ޝެއާ ކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވާ ފަރާތްތައް ދުވުމުގެ ފޮޓޯއާއި މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކޮށްގެން ހަދިޔާ ހޯދޭނެ ކަމަށެވެ. މި ފުރުސަތު ލިބޭނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ކަމަށް އުރީދޫން ބުނެއެވެ.

ދުވުމުގެ ފޮޓޯ އާއި މެޑަލް ސޯޯޝަލް މީޑިއާގައި ހިއްސާ ކުރާ އެކައުންޓް ވާން ޖެހޭނީ ޕަބްލިކް އެކައުންޓެއް ކަމަށާއި ކޮންމެ ޕޯސްޓެއްގައި އުރީދޫ ޓެގުކޮށް، OoredooAtholhuDhuvun# ޖަހަން ޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަތޮލޫ ދުވުމުގަި ބައިވެރިވާ ފަރާްތަތއް ދުވުން ފުރިހަމަ ކުރުމުން އެ ފަރާތްތަކަށް މެޑަލް ލިބިގެން ދާނީ މޫލީ މެދުވެރިކޮށް ކަމަށް އުރީދޫން ބުނެއެވެ.

އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާކުރާ ދުވުންތެރިންގެ ތެރެއިން ދެ ނަސީބުވެރިއަކަށް މަމަކް އިން ރޭގަނޑުގެ ކެއުމެއް ނުވަތަ ލަވޭރިއާއިން ޕިއްޒާ ލިބޭނެއެވެ. އަދި މެޑަލް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިންނަށް ރޭޖް-ހިޓް ޖިމްގެ އެއް މަހުގެ މެމްބާޝިޕް ނުވަތަ ޕިއްޒާ ކިޗެން އިން ޕިއްޒާ ނުވަތަ ލެ ޕާފިއުމްގެ ގިފްޓް ޕެކެއް ލިބޭނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު ފެށި ހަރަކާތެކެވެ. މިދިޔަ އަހަރު ބޭއްވި އަތޮޅު ދުވުމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.