ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 11،100 ލީޓަރުގެ ބަނގުރާ ނައްތާލައިފިއެވެ.

އެތަކެތި ނައްތާލާފައިވަނީ ޖުލައި 29 ވަނަ ދުވަހު ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ނައްތާލާފައިވަނީ 370 ކެގުގެ ބަނގުއާވި އެވެ. އެއީ ޖުމްލަ 11،100 ލީޓަރުގެ ބަނގުއާވި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަންސް އިން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ކަސްޓަމަސް އިން ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނދުރާ ނައްތާލައިފައެވެ.