އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ރަންގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާން ބާކީ 2 ގަޑިއިރަށް ވެއްޖެއެވެ.

މިއަހަރުގެ އުރީދޫ އަތޮޅު ރަންގައި ރަޖިސްޓާ ވުމުގެ ސުންގަޑި ހަމަވާނީ މިއަދު ހަވީރު 6:00 ގައެވެ. މި އަހަރުގެ އަތޮޅު ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، މުޅިން އަލަށް 10 ކިލޯމީޓަރުގެ ކެޓަގަރީއެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ.

މި ދުވުމަކީ، އެކަނި ވިޔަސް އަދި އާއިލާއާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރު ކަމާއެކު ބައިވެރިވެ މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. އެގޮތުން ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް ދުވުން ފުރިހަމަ ކުރެވޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންނަމަ އަވަހަށް ރަޖިސްޓާ ކުރުމަށް މި ލިންކަށް ޒިޔާރަތް ކޮށްގެން ރަޖިސްޓާ ކުރެވޭނެއެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. މީގެ ކުރިން އެއް ރަށެއްގައި މިފަދަ ހަރަކާތްތައް ބޭއްވި ނަމަވެސް، ވާޗުއަލް ރަންއެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށެއް އަދި ރާއްޖެއިން ބޭރުގައި ހުރެގެން ވެސް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު، ވީހާ ވެސް ގިނަ ބަޔަކަށް ހުޅުވާލުމެވެ.