ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އަނބިކަބަލުން ފަޒުނާ އަހުމަދު ހދ. ކުމުންދޫ ކަނޑޫފަލަށް ވަޑައިގަނެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ހދ. ކުމުންދޫ އަށް ވަޑައިގަތް އެރަށުގެ ކަނޑޫފާ ބައްލަވާލަން މިއަދު ވަނީ ވަޑައިގަނެފައެވެ.

ރައީސްގެ ދެ ކަނބަލުން ވަނީ މިއަދު ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 18 އަށެވެ. މި ދަތުރުފުޅާކީ ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް ރައީސް ސޯލިހް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.