ކޮވިޑްގެ ބަލިމަޑުކަމާއި އަދި ވެކްސިނާ ބެހޭ ގޮތުން ފޭސްބްކްގައި ފަތުރާ ނުބައި މައުލޫމާތުގެ ސަބަބުން މީހުން މަރުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާލުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ، ހަގީގީ ބަލިމަޑުކަން އޮތީ ވެކްސިން ނުޖަހާ މީހުންގެ ތެރޭގައި ކަމަށާއި ފޭސްބްކްގައި ބަލިމަޑުކަމާ ގުޅޭ ގޮތުން ފަތުރާ ނުބައި މައުލޫމާތުގެ ސަބަބުން މީހުން މަރުވާ ކަމަށެވެ.

ބައިޑަން އެމޭރުމުން ވާހަކަ ދެއްކެވި އިރު ފޭސްބްކް ފަދަ ޕްލެޓްފޯމްތަކުގައި ކޮވިޑާ ގުޅުވާ ފަތުރާ ނުބައި މައުލޫމާތުތަކުގެ ސަބަބުން ވައިޓްހައުސް އަށް ޕްރެޝާ ބޮޑުވެ ނުބައި މައުލޫމާތު ނުފެތުމަށް ސޯޝަލްމީޑިއާ ކުންފުނިތަކަށް ދަނީ ޕްރެޝާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ފޭސްބްކުން ބުނެފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ 18 މިލިއަން ޕޯސްޓް ނަގާފައި ވާނެކަމަށާއި އަދި އެފަދަ މައުލޫމާތު ފަތުރާ ފަރާތްތަކުގެ އެކައުންޓްތައްވެސް ބްލޮކް ކޮށްފައި ވާނެ ކަމަށެވެ.

އެމެރިކާގައި މިހާރު ކޮމިޑްގެ ހާލަތު އެންމެ ގޯހީ ވެކްސިން ނުޖަހާ އާބާދީގައި ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.